ދިއްދޫ އިސްލާމީ މަރުކަޒުގެ މިސްކިތުގެ ނަން ޝަހީދު ޢުމަރު އަޙްމަދުގެ ހަނދާނަށް
ދިއްދޫގައި ބިނާކުރެވުނު އިސްލާމީ މަރުކަޒުގެ މިސްކިތަށް އެ ރަށު ޗާނދަނީގޭއާގޭ ޝަހީދު ޢުމަރު އަޙުމަދުގެ ނަމުން ނަން ދީފިއެވެ. 1988 ވަނަ އަހަރު ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޢުމަރު އަޙުމަދު ޝާހީދުވީ އިރު ވަޒީފާ އަދާކުރައްވަމުން ގެންދެވީ މާލޭގައި، އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުން، އެ މަރުކަޒަށް ޚިދުމަތްކުރެއްވުމުގައެވެ. އެ ޚިދުމަތުގައި ޢުމަރު އަޙުމަދު އުޅުއްވަނިކޮށް އޭނާ ޝަހީދުކޮށްލީ އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން، ޖުމުލަ ހަތް ބޭފުޅުން، ޔަތީމުކޮށްލައިފައެވެ. އޭނާގެ…








