ބަރަކާ ޗެރިޓީގެ ފަރާތުން ގުޅީގައި މެޑިކަލް ލެބެއް ގާއިމްކުރަނީ
ބަރަކާ ޗެރިޓީގެ އެހީތެރިކަމާއެކު ކ. ގުޅީ ސިއްހީ މަރުކަޒުގައި ބިނާކުރާ މެޑިކަލް ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ. މި ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ ސްވިސް ބަރަކާ ޗެރިޓީގެ ކޯ ސީއީއޯ މުހައްމަދު އަޖަމީ އާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަހްމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި، ގުޅީ ކައުންސިލްގެ ވެރިންގެ އިތުރުން، އެ ރަށު ސިއްހީ މަރުކަޒުގެ ބައެއް އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންފައި…









