ޓޫރިޒަމް ދާއިރާ ތަރައްގީކުރަން ސަރުކާރުގެ އެއްބާރުލުން ލިބޭނެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުން ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ. ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ތާރިގު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެގޮތުން، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ،…









