ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމް ކޮށްފި
ތުރުކީގައި މިއަދު ދިވެހި އެމްބަސީއެއް ގާއިމް ކޮށްފިއެވެ. މިއީ ތުރުކީގައި ދިވެހި އެމްބަސީއެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައެވެ. ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ…