ވީއޭއައި ތަރައްޤީކުރުމަށް ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (ސައުދީ ފަންޑް) އިން، އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މަޝްރޫއަށް އިތުރު ފައިނޭންސިންގގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ގޮތުގައި 63,750,000.00 (ފަސް ދޮޅަސް ތިން މިލިއަން ހަތް ސަތޭކަ ފަންސާސް ހާސް) ސައުދީ ރިޔާލްރިޔާލްގެ ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ސައުދީ ފަންޑާއި އެކު މިއަދު ސޮއިކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، އަލްފާޟިލް މޫސާ…









