އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާ ކުރި "ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު" ހަވާލުކޮށްފި
ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވުމުގެ ގޮތުން އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ ކަނޑުގެ އުޅަނދެއް ކަމަށްވާ ގާޑިއަން ކްލްސް ޕެޓްރޯލް ބޯޓު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބޯޓު ރާއްޖެއަށް ހަދިޔާ ކުރަން އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް މިދިޔަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެއިރު އެމަނިކުފާނު…








