ކުށް ކުރާފަރާތްތައް، އެ ކުށްތަކަށް އަރައިގަންނަ ގޮތްތައްވެސް މިއަދު ދަނީ ބަދަލުވަމުން: ސީޕީ
ދިރިއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތަކާއެކު، ކުށްކުރާފަރާތްތައް، އެ ކުށްތަކަށް އަރައިގަންނަ ގޮތްތައްވެސް މިއަދު މިއަންނަނީ ބަދަލުވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މާފަރުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި، ކަނޑައެޅުނު 6 ޕްރަޔަރިޓީ…