ޑިސްކައުންޓާއެކުވެސް ކަރަންޓު ބިލު ބޮޑުވީ ހޫނު މޫސުމާ ދިމާވުމުން: ސްޓެލްކޯ
މި ރޯދަ މަހު ޑިސްކައުންޓް ދިނުމުން ވެސް ކަރަންޓު ބިލު ބޮޑުވީ، ހޫނު މޫސުމާ ދިމާވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ކަމުގައި ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ރޯދަ މަހަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ކަރަންޓާއި ފެނުން ދިން ނަމަވެސް، ޑިސްކައުންޓް ލިބުމުން ވެސް، ބިލު ބޮޑުވުމުގެ ޝަކުވާތައް އާންމުން ދަނީ ސޯޝަލް މީޑިއާގައި ކުރަމުންނެވެ. ބައެއް ގޭބީސީތަކުން ބުނެފައިވަނީ ކަރަންޓު ބޭނުންކުރި މިންވަރު ދެގުނަވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ސްޓެލްކޯގެ ބައެއް…