ހާލަތާ ނުބައްދަލު ބާރު އައްޑޫ ސިޓީގެ ރައްޔިތުންނާއި ދެކޮޅަށް ބޭނުން ނުކުރޭ: އާދަމް ޝަރީފް
ހާލަތާ ނުބައްދަލު ބާރު އައްޑޫ ސިޓީގެ ރައްޔިތުންނާއި ދެކޮޅަށް ފުލުހުން ބޭނުން ނުކުރުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން އައްޑޫ ސިޓީގެ ހިތްވަރުގަދަ ރައްޔިތުންނާއި ދެކޮޅަށް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މައްސަލައިގެ އަސްލަށް ރިއާޔަތްކުރައްވައި ރައްޔިތުންގެ އިހުސާސް ތަކަށް އިހުރާމް ކުރައްވާ ރައްޔިތުންނަށް އަނިޔާ ނުކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.…