ސަނީ އުމަރު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ ބަލަނީ
މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ ޑރ. ސަނީ އުމަރު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު މީޑިޔާތަކަށް ބުނީ އުމަރު، ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ. އުމަރާކީ ޓްރެވަލް ގައިސް ޕްރައިވެޓް ލިމިޓެޑްގެ އެންމެ އިސް ފަރާތެވެ. އޭނާ ވަނީ ޓޫރިޒަމް މީޑިއާގެ އިތުރުން ވިޔަފާރި މައިދާނުގައި ވެސް…









