ބަންޑުން ޖަހާލައިފާވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެ
ބަންޑުން ޖަހާލައިފާވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ވަނީ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން މާލެއިން ފުރައިގެން އދ.ވަކަރުފަޅިއަށް ދަތުރުކުރި "ރާޔާ" ދޯނި، މޫސުން ގޯސްވެ ބަންޑުންޖަހާލައި، ދެފެން ދޭތެރޭ އޮޔާދާ ކަމުގެ މައުލޫމާތު އެންއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައި ކަމަށެވެ. އަދި މި ދޯނި އޮޔާދަނީ މާލެއަތޮޅާއި ވ.އަތޮޅާ ދޭތެރެއިން ކަމަށް އެއިދާރާއިން ހާމަކުރެއެވެ. އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް…