އަނެއްކާވެސް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
އަނެއްކާވެސް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މާރިޗު 21 ވަނަ ދުވަހުގެ 15:55 ހާއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑިއުޓީ ފްރީން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ނ. ވެލިދޫ، ގަސްކަރަ، މުޙައްމަދު އައިހަމް (23 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އައިހަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10…