ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު 212 އަށް އަރައިފި
ކޮވިޑް19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 212 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރޭ ފަތިރު ނިޔާވެފައިވަނީ ގއ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އޮތް 81 އަހަރުގެ އަންހެނެކެވެ. މީގެ އިތުރުން ރޭ ވެސް ވަނީ ކޮވިޑްގައި އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދިޔަ 90 އަހަރުގެ އަންހެނަކު ނިޔާވެފައެވެ. ރާއްޖޭގައި ނިޔާވި މީހުންގެ ތެރޭގަ ހިމެނެނީ 193 ދިވެހިންނާއި، 18 ބިދޭސީންނެވެ. ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން…