ރީރެޖިސްޓްރޭޝަން ފުރުސަތާއެކު، އީސީން ބާއްވާ ކުޑަކުދިންގެ ހަވީރު މިއަދު
ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބަށް ރީ-ރެޖިސްޓާ ވުމުގެ ފުރުސަތާއެކު ކުޑަކުދިންގެ ހަވީރެއް މިއަދު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ދިނުމުގެ ގޮތުންނާއި، ރައްޔިތުންގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި، ކުޑަކުދިންގެ ހަވީރާއެކު، ރޯޑު އިވެންޓެއް މި ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތަށް…