ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ޕްރޮގްރާމެއް ފުލުހުން ފަށައިފި
ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖިނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޔުނިސެފް މޯލްޑިވްސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް އަދި އާކް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ފުލުހުން ބުނީ އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ…









