ވިނަރެސް ފްލެޓްތަކަކީ ރައީސް ސާލިހަށް އަމިއްލަ ސަރުކާރުން ދީގެން އުޅޭ ކެއްސެއް: ސައީދު
ވިނަރެސް ފްލެޓްތަކަކީ ރައީސް ސާލިހަށް އަމިއްލަ ސަރުކާރުން ދީގެން އުޅޭ ކެއްސެއް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 5 އަހަރު ނިމިދަނީ ކަންކަން ޑެލިވަރ ކުރުމުގެ މާހަލައުލެއް ސަރުކާރު ތެރޭގައި ނެތުމުން ކަމަށެވެ. އަދި ބަހަނާ ނުދައްކާ މަޝްރޫއުތައް ނިންމާ ރައްޔިތުންނާ ހަވާލުކުރުމަށް މެމްބަރު ސައީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. ސައީދު ވިދާޅުވީ، ކުރިއަށް ގެންދަނީ ހިޔާ މަޝްރޫއު ކަމަށާއި ވިނަރެސް ކިޔާ މަޝްރޫއެއް ނޯންނާނެ…









