ވެކްސިން ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު 27 ހާހުން މައްޗަށް
ކޮވިޑް19 ދިފާއު ވެކްސިން ފުރިހަމަ ކުރި ދަރިވަރުންގެ އަދަދު 27 ހާހުން މައްޗަށް އަރައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެއާއި ހަމައަށް ވަނީ 27،697 ދަރިވަރުން ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. ރާއްޖޭގެ 178 ސުކޫލަކުން މިހާރުވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 35،989 ދަރިވަރުންނެވެ. މިހާތަނަށް ވެކްސިން ޖަހަން ފަށާފައިވަނީ ރާއްޖޭގެ 218 ސުކޫލެއްގައެވެ. މިހާތަނަށް ރާއްޖެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ…









