ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 220 އަށް އަރައިފި
ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 220 އަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިބަލީގައި މިއަދު ނިޔާވީ ދުވާފަރު ފިރިހެނެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ މިއަދު މެންދުރު 12 ޖެހިއިރު ދުވާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. ރާއްޖެއިން މިހާތަނަށް މިބަލީގައި ނިޔާވެފައިވަނީ 201 ދިވެހިންނާއި 19 ބިދޭސީން ނެވެ. އީދު ބަންދާއި ގުޅިގެން ގިނަ ބަޔަކު އަތޮޅު ތެރޭގައި ރަށްތަކަށް ގޮސްފައިވާއިރު ގިނަ…