ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށް ގާނޫނު އިސްލާހު ކުރަނީ
ޖަލަށްލައި، އަބަދު ދެވޭ ނިސްބަތް މަޑުކޮށް، އެކިއެކި ކުށްތަކުގައި ތަހުގީގުގައި 'ވާނުވާ'ގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ މި މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި މަޖިލީހުގެ މި ފެށޭ ދައުުރުގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ. "ތަހުގީގަށް ހައްޔަރުކޮށްފައި ވާނުވާ ގައި ބޭތިއްބުން ނިމުމަކަށް ގެނައުމުގެ…