މަނަދޫ ނަރުދަމާ ނިޒާމުގެ މަޝްރޫއު އޮގަސްޓް މަހު ފެށޭނެ: ރައީސް
މަނަދުވަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލު ކުރެއްވުމުގެ ބިޔަ މަޝްރޫޢު އަންނަ އޯގަސްޓު މަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. މަނަދުވަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ޙައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވެން އޮތީ، މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެންކަން ފާހަގަކުރައްވަމުން…









