ގިނަ އަދަދެއްގެ ސުކޫލް ދަރިވަރުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި
އުމުރުން 12 އަހަރާއި 17 އަހަރާއި ދެެމެދުގެ ގިނަ އަދަދެއްގެ ސުކޫލް ދަރިވަރުން ކޮވިޑް19 ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖަހައިފިއެވެ. މި އުމުރުފުރާގެ ކުދިންނަށް ޖަހަމުން އަންނަނީ ފައިޒަރ ވެކްސިންއެވެ. އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މި އުމުރުފުރާގެ ވެކްސިން ޖެހޭ 40 ހާހެއްހާ ކުދިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ހުޅުމާލެގައި ހިންގަމުން އަންނަ ހުރަވީ…









