ހުޅުމާލޭ ބައެއް ސަރަހައްދުތަކުން މިއަދު ކަންރަންޓު ކެނޑިދާނެ
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަޔް ކުރިޔަށް ދާއިރު، ހުޅުމާލޭ ބޯގަންވިލާމަގު އަދި އަސުރުމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 15:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި ކަމަށްޓަކާ ދިމާވެދާނެ ދަތިތަކަށް ސްޓެލްކޮއިން ވަނީ މަޢާފަށް އެދިފައެވެ.