ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް ދެ މީހަކު ހައްޔަރު ކޮށްފި
މާލޭގައި ބިދޭސީއެއްގެ ވޮލެޓް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 9:40 އެހާކަންހާއިރު ހެންވޭރު ޕޮލިސް ސްޓޭޝާނުގެ ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު، ސޯސަން މަގުން ސައިކަލެއްގައި ދިޔަ ދެ މީހަކު ބިދޭސީއެއްގެ ވޮލެޓް ފޭރިގެން ދިޔަ ކަމުގެ މައުލޫމާތު އެ ފުލުހުންނަށް ދީފައިވާ ކަމަށާއި އެމައުލޫމާތާއި އެކީ އެ ސައިކަލު ފަހަތުން ގޮސް، ދުއްވި މީހާ ކަސްތޫރީ މަގުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، ސައިކަލު…