ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ: އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ތަފާސްހިސާބުތަކާއި ހަވާލާދީ އެ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށާއި، އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ އެމީހުންނަށް މުޖުތަމަޢުގެ އެހެން މީހުންނާއި…









