ތަހުގީގުގައި އެއްބާރުލުން ދިނުމަށް މެލޭޝިޔާގެ އޭސީސީއާއި އެކު ސޮއިކޮށްފި
ތަހުގީގްކުރުމުގައި އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި މެލޭޝިޔާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އަދި އެމްއޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމިޝަނުގެ ޗީފް ކޮމިޝަނާ ތާން ސްރީ ދާތޯ، ސްރީ އަޒަމް ބިން ބަކީ އެވެ. އޭސީސީއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ކޮރަޕްޝަންގެ ކުށްތައް ތަހުގީގު ކުރުމުގައި އެއްބާރުލުން ދިނުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، މުވައްޒަފުން ތަމްރީނުކުރާނެ ކަމަށެވެ.…