ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ''ސްކޭމް'' އެއް، ފައިސާ ދެއްކި ނަމަ އަންގަން އެދިއްޖެ
މަކަރާއި ހީލަތުން އޮޅުވާލައިގެން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ، ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމުގެ ތުހުމަތު ކުރެވެނީ ''މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް'' ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެހެންވެ ފުލުހުން ދަނީ އެ ކުންފުނިން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަމުންނެވެ. އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއްވާނަމަ…