ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން ބުނެފި
ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލަް ސާރވިސް އިން ބުނެފިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގްރާރާ ހިލާފަށް ކަމަށެވެ. އެހެންކަމުން މިމައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް އޭނާގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ. އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް ޔާމީން ފެނިލާފައިވަނީ އެމަނިކުފާނުގެ ގެ ކޮޅުގެ ކުޑަ ދޮރުންނެވެ. ކުޑަދޮރު ކައިރީގައި މަޑުކޮށްގެން…