މާވަށުގައި އެއަރޕޯޓެއް އަޅައިދިނުމަށް އެރަށު ކައުންސިލުން އެދިއްޖެ
އަތޮޅުގެ ދަތުރުފަތުރުގެ ދަތިކަމާއި ލާމު އަތޮޅުގެ އެހެން ރަށްރަށާ ހުރި ދުރުމިން ފާހަގަކުރައްވާ، ހައްދުންމަތީގައި ދެވަނަ އެއަރޕޯޓެއް ގާއިމުކުރާނަމަ މާވަށުގައި އެ އެއަރޕޯޓު ޤާއިމުކޮށްދެއްވުމަށް ލ.މާވަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެއެވެ. ރައީސް ލ. މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވީ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ހައްދުންމަތީ މާވަށު ކަންސިލް އިދާރާގައެވެ. ރައީސް…