ކޭއެފްސީގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި އެވެ. ފުލުހުން ބުނީ ރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިތައް ތަޅާލަފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ހުސްވި ހަފްތާގެ ހޯމަ ދުވަހުގެރޭވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މީހަކު ހައްޔަރެއް ނުކުރެ އެވެ.…