ލަންކާއާ އެކު 7 އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ޒުވާނުން ތަރައްގީ ކުރުމާއި، އަރުޝީފު ކުރުމުގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި،…









