މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ: ރައީސް
މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ ކަމަށް އަންދާޒާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަމުން، އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ…