ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއްބާރުލުންދޭނަން: ށ އަތޮޅު ކައުންސިލް
ށ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމަށް ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއެކު މިއަދު މެންދުރުފަހު ށ. ފުނަދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގައިވާ ފަޅުރަށްތައް ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، އަތޮޅުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެގޮތުން ބޭނުންވާ ކަންކަމާއި،…