ތިން އަހަރުވީއިރުވެސް، ކުރީ ސަރުކާރޭ ކިޔުން އަދިވެސް ހުއްޓާކަށް ނުވޭތޯ: ޝިޔާމް
ތިން އަހަރުވީއިރުވެސް، ކުރީ ސަރުކާރޭ ކިޔުން އަދިވެސް ހުއްޓާކަށް ނުވޭތޯ ވިދާޅުވެ އަލީ އާޒިމް އަށް ޝިޔާމް ސުވާލުކުރައްވައިފިއެވެ. ކަރަންޓް ބިލް ބޮޑުވަނީ ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތުން ކަމަށް އަލީ އާޒިމު ވިދާޅުވުމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރިހާ ބާރަކާ އެކީ 3 އަހަރުވީމާވެސް ކުރީ ސަރުކާރޭ ވިދާޅުވާން ފެށުމުން ރައްޔިތުންނަށް އެކަން ވާނީ ޖޯކަކަށް ކަމަށެވެ. އަދި ކަންޕަންޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން…