ވެފައިވާ ގެއްލުންތައް ބެލުމަށް އަރަބިއްޔާ އިމާރާތުގެ ސްޓްރަކްޗާ އެސެސްމެންޓެއް ހަދަނީ
ވެފައިވާ ގެއްލުންތައް ބެލުމަށް އަރަބިއްޔާ އިމާރާތުގެ ސްޓްރަކްޗާ އެސެސްމެންޓެއް ދަނީ ހަދަމުން ކަމަށާއި މިހާތަނެއް އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކެޝަން އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، އަރަބިއްޔާ ސުކޫލްގެ އިމާރާތުގެ ސްޓްރަކްޗާ އެސެސްމެންޓު މިހާތަނަށް ދައްކާ ގޮތުން، އެސުކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް ކަމަށް އެސެސްމެންޓް ހަދާ ފަރާތުން ބުނެފައިވާ ކަމަށެވެ. މިނިސްޓަރ…