ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއި ދެނީ
ކޮވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19 ދިފާއު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއި ދިނުމަށް މަޝްވަރާ ކުރަމުން ގެންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފައިވާ ކަމަށް ހެލްތް ޕްރޮތެކަން އެޖެންސީން ހާމަކޮށްފިއެވެ. އެގޮތުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައި އޮންނަ ކާފިއު ހަވީރު 18:00 އިން ފަތިހު 04:00 އަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. މިއަދާ ހަމައަށް ކާފިއުގެ ވަގުތުގެ ގޮތުގައި އޮތީ ހަވީރު 16:00 އިން ފަތިހު 04:00 އަށެވެ. ކާފިއު ގަޑި ފިޔަވައި އެހެން ގަޑިތަކުގައި ކޮންމެ ގެއަކަށް ދޫކޮށްފައިވާ މީޓަރު ހުއްދައާއިއެކު ގެއިން ބޭރަށް ނިކުމެވޭނެއެވެ. ރައީސް…
މިއަދު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 145 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެ އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 61 މީހުންނެވެ. އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވީ 77 މީހުންނެވެ. ރިސޯޓްތަކުން މިއަދު ޕޮޒިޓިވްވެފައިވަނީ 7 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 72،294 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު މިބައްޔަށް ފަރުވާ ކުރަމުން ދަނީ 4،569 މީހުންނެވެ. ހޮސްޕިޓަލް ތަކުގައި…
ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ހަބަރު ޝާއިއު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ. މީޑިއާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ވަނީ ކުޑަކުއްޖާގެ މަރުގެ މައްސަލާގައި ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ބައެއް ހަބަރުތަކަކީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ މައުލޫމާތު ޝާއިޢު ކުރުމުގައި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާން ކުރާ އުސޫލު އަދި ކުޑަކުދިންނާ ގުޅޭ ހަބަރާ މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިންތަކާ ހިލާފަށް ޝާއިއުކޮށްފައިވާ ހަބަރުތަކެއްކަމަށެވެ.…
މަރާލައި އެއްލާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، މިމައްސަލާގައި މަރާލެވިފައިވަނީވެސް އަދި އެކި ގޮތްގޮތުން މިމައްސަލާގައި ހިމެނެނީވެސް ކުޑަކުދިންކަމަށެވެ. އެހެންކަމުން މި ހަބަރާއި ގުޅޭ މައުލޫމާތު ފެތުރުމުގައި އެންމެހާ ފަރާތްތަކުންވެސް ކުޑަކުދިންގެ ހައްގުތަކަށް ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ އިލްތިމާސްކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި 13 އަހަރުގެ ކުއްޖާ ރަހީނުކުރި…
20 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހީމެވެ. އަދި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ހާމަކުރެއެވެ. އަބޫބަކުރު އިބްރާހީމްގެ ހަބަރެއް އެންމެ ފަހުން ވީއިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާއެކު މާލޭގައި ކަމަށް…
ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭވަރުގެ ކަމެއް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއީ ބައިބައިނުވެ އެންމެން ގުޅިގެން ގައުމު އިސްކުރުމުގެ މުހިއްމު މަސައްކަތް ކުރަން މަޖުބޫރުވެފައި އޮތް ވަގުތެއް ކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.