ތައުލީމީ ދާއިރާގެ ކަންކަން ރަނގަޅުކުރަން ވަރަށް އަވަހަށް ފެށޭނެ: ރައީސް
ތަޢުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށްޓަކައި އެކުލަވާލައްވާފައިވާ ރިސަރޗް ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، މިއަދު ބައްދަލުކުރައްވައި އެ ދިރާސާގެ މަސައްކަތްކުރިޔަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުލީމީ ދާއިރާއިން ކުރިޔަށްގެންދާ މި ދިރާސާގެ މުހިންމުކަން ފާހަގަކުރައްވައި މިއީ ތަޢުލީމީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެ ދާއިރާއަށް މީހުން ޝައުޤުވެރިކަން ކުޑަވާ ސަބަބުތައް ހޯދުމަށް މުހިންމު ދިރާސާއެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިކަމަކީ…