ރާއްޖެއާ އެމެރިކާ އަސްކަރިއްޔާ ގުޅިގެން ތަމްރީންތަކެއް ފަށައިފި
ދިވެހި ރާއްޖެއާއި އެމެރިކާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި އެވެ. “އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް” ގެ ނަމުގައި އިއްޔެ ފެށީ މި ތަމްރީނަކީ އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެއްކަމަށް މޯލްޑިވްސް ޑިފެންސް ފޯރސަސް(އެމްއެންޑީއެފް)އިން ބުނެފައި ވެއެވެ. އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި މި އެކްސަސައިޒް ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށާއި، އެކްސަސަައިޒްގެ ހަރަކާތްތައް ލ .އަތޮޅުގެ އެއްގަމާއި…









