އައްޑުއަށް ބޭނުމީ އާބާދީ އިތުރު ކުރުން: ނަޝީދު
އައްޑޫ ސިޓީ ބައިބައިކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އެންމެ ބޮޑަށް ބޭނުން ވަނީ އެތަނުގައި ދިރިއުޅޭނެ ބޮޑު އާބާދީއެެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް އެންމެ ބޭނުމީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށެވެ. އެހެންވެ ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ، ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި…









