ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ. ރައީސް ސޯލިހާއި އަނބިކަނބަލުން ރާއްޖެއަށް މިރޭ ވަޑައިގެންނެވީ ހަތަރު ދުވަހު ސްރީ ލަންކާގައި އުޅުއްވުމަށްފަހު އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ. ރައީސްގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ރައީސް ޞާލިޙް…









