މާފަންނު ސަހަރާ ބިން "މާފަންނު މައިޒާން" އަށް ބަދަލުކޮށްފި
މާފަންނު ސަހަރާގެ ބިން ހުސްކުރުމަށްފަހު އެ ތަނުގައި ތަރައްޤީކުރާ ޕާކަށް "މާފަންނު މައިޒާން" ގެ ނަން މާލޭ ސިޓީ ކައުންސިލުން ދީފިއެވެ. މާފަންނު މައިޒާން ނިމިގެންދާއިރު، 36،153 އަކަފޫޓުގެ މި ސަރަހައްދުގައި ޕާކިންގ ޖާގައިގެ އިތުރުން ގިނަ ޚިދުމަތްތަކެއް ލިބެން ހުންނާނެކަން ކައުންސިލުން ހާމަކޮށްފައިވެއެވެ. ހުޅަނގު ދެކުނު ކަންމަތީގައި މިހާރު ހުރި ޕާކިންގ ޒޯނުގައި 3 އޮން 3 ބާސްކެޓް ކޯޓެއް ޤާއިމްކުރެވޭނެއެވެ. މަޖީދީމަގުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބަސް ސްޓޮޕަކާއި 295 ސައިކަލު ޕާކްކުރެވޭނެ ޖާގަވެސް މި…