މިއަހަރުގެ އާޝޫރާ ދުވަހަކީ މާދަމާ
ރާއްޖެއަށް މިއަހަރުގެ އާޝޫރާ ދުވަހަކީ މާދަމާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. ހިޖުރީ އައު އަހަރު ފެށުމުގައި ގައުމުތަކުގައި ތަފާތުތަކެއް އައިސްފައިވާތީ މިކަން ސާފުކޮށްދެއްވާ ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނެފައިވަނީ ގައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އަމަލުކުރަންވާނީ އެ ބަޔަކު ދިރިއުޅޭ ތަނުގެ އުސޫލާ އެއްގޮތަށްކަމަށެވެ. އެހެންކަމުން ރާއްޖެއަށް ހިޖުރީގޮތުން 1433 ވަނަ އަހަރުގެ މުހައްރަމް މަހުގެ އެއްވަނަ ދުވަހަކީ މި މަހުގެ ނުވަވަނަ ދުވަސްކަމަށް ވުމާއެކު މުހައްރަމްމަހުގެ 10 ވަނަ…