މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ހުޅުވައިފި
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ދ. މީދޫގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި އެވެ. މިއީ މަސްވެރިންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކާއި ޝަކުވާތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ. މި…









