ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކޮށްފި
މޯލްޑިވިއަން ބްލަޑް ސަރވިސް ގެ ޚިދުމަތް، ހުޅުމާލޭގެ އޮރެންޖު ހިޔާއަށް މިއަދު ބަދަލުކޮށްފިއެވެ. ހުޅުމާލޭގެ އޮރެންޖް ހިޔާއަށް އަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ މާލޭގައި ހުންނަ މޯލްޑިވިއަން ބްލަޑް ސަރވިސް ގެ އިމާރާތް ބައުވެ ހަލާކުވުމާއި ގުޅިގެންނެވެ. މިއަދަކީ ބައިނަލް އަޤްވާމީގޮތުން ފާހަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހެވެ. ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. އެތަނުގެ މަސައްކަތް އަވަހަށް ނިންމުމަށް ރައީސްގެ އިރުޝާދުގެ ދަށުން ސިފައިނާއި ހަވާލުކުރީ މިދިޔަ މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ.…