ގިނަ ބާރުތަކަކާއެކު ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށްފި
ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގެނެވޭ ބަދަލުތަކުގެ ތެރެއިން ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ދެއްވައިފިއެވެ. ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. ކޮމާންޑަރުން އައްޔަން ކޮށްފައިވާ ރީޖަންތަކަކީ، އަޕަރ ނޯތް ޕޮލިސް( ހއ،ހދ އަދި ށ އަތޮޅަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޝިހާމްއެވެ ނޯތް ޕޮލިސް ނ،ރ،ބ،އަދި ޅ ހިމެނޭ ސަރަހައްދަށް ޗީފް…