އާމިރު ވަކިކުރީ ގަވާއިދާއި އުސޫލުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު: ރައީސް އޮފީސް
ރ. ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އާމިރު އަހުމަދު ވަޒީފާއިން ވަކި ކުރީ ގަވާއިދާއި އުސޫލުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ "މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވަނީ، އެ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމުގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގެ ސިފައިގައާއި، އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކުގެ ޒަރީއާއިން…









