ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ވިޔަފާރިކުރަމުން ދިޔަ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ވިޔަފާރި ކުރަމުން ދިޔަ މީހަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އެއީ ކުއިޕިން ފެންގު ނަމަކަށް ކިޔާ ޗައިނާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އަންހެނެކެވެ. އޭނާއަށް ވާހަކަ ނުދެއްކޭއިރު މީހުން ދައްކާ ވާހަކަ އަޑުވެސް ނީވޭ ކަމަށްވެ އެވެ. މި މީހާ ރާއްޖެ އައިސް ނިދަމުން ދިޔައީވެސް އާއްމު އެކި ތަންތަނުގައި ކަމަށްވެ އެވެ. ޗައިނާގެ މި މީހާ މާލޭގެ ރެސްޓޯރަންޓެއްގައި އުނގު ވިޔަފާރި ކުރަމުން ދަނިކޮށް…









