އިތުރަށް ޖަމާވި މުސާރަތައް ހިފަހައްޓަން އަންގައިފި
އިތުރަށް މުސާރަ ޖަމާވި 100 އެއްހާ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން ބޭންކުތަކަށް އަންގައިފި އެވެ.
އިތުރަށް މުސާރަ ޖަމާވި 100 އެއްހާ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހިފަހައްޓަން ފިނޭންސް މިނިސްޓްރީން ބޭންކުތަކަށް އަންގައިފި އެވެ.
އައްޑޫ ސިޓީން މިއަދުވެސް 37 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ. އައްޑޫ ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އިރު އޮއްސި ހައެއް ޖެހުމާއި ހަމައަށް ފެނުނު 17 މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދޫއިންނެވެ. އަދި 13 މީހުން ޕޮޒިޓިވްވެފައިވަނީ މަރަދޫއިންނެވެ. 5 މީހުން ޕޮޒިޓިވްވެފައިވަނީ މީދޫއިންނެވެ. މީގެ ތެރޭގައި ހިމެނެނީ 14 ބިދޭސީންނާއި 23 ދިވެހިންނެވެ. މިއަދު އައްޑޫ ސިޓީން ޕޮޒިޓިވްވެފައިވާ 30 މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާއި އެއްތާވި މީހުންނާއި ރަށުތެރެއިން ނެގި ސާމްޕަލް…
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް، މއ.ޕެރިސްގެ އަލްއުސްތާޛާ މަރްޔަމް ޝަމްއާ އިސްމާއީލް މިއަދު އައްޔަން ކުރައްވައިފިއެވެ. އަލްއުސްތާޛާ މަރްޔަމް ޝަމްއާ އިސްމާއީލް ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައި ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ. ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްއާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަގާމުގައެވެ. އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން…
ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަގުމަތީގައި ކުނި ނުބެހެއްޓުމަށާއި އެދުވަހުން ފެށިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުރަމާލެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅުވަމުންދިއުމާއި މިކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ގޮތުން 15 ސެޕްޓެމްބަރުން ފެށިގެން މާލެ ސަރަަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންވާނީ ހަވީރު…
ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަކުގެ މައްސަލައިގެ ހަގީގަތް އޮޅުވާލުމަށްޓަކައި ފަނޑިޔާރުނންނަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ޖޭ. އެސް. ސީ އިން މަސައްކަތް ކުރަމުންދާ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ސަރުކާރުގެ ފަރާތުން ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ފޯރުވާ ބިރު ދައްކާ ރަހީނުކޮށްގެން ކޮށްފައިވާ ޙުކުމެއް ކަމަށް ފަނޑިޔާރުން އެއްބަސްވާ އޯޑިއޯ އާއި ގުޅިގެން…
ކްރިއޭޓިވް އާރޓް މާއްދާ ގްރޭޑް 1ގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގްރޭޑް 1ގެ މުގައްރަރުތައް އިސްލާހުކޮށްފައިވާތީ 2021 ގެ ދިރާސީ އަހަރު ގްރޭޑް 1 ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، ގެނެވުނު އިސްލާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބަޔަކުންނެވެ. އެގޮތުން މި ހިނގާ ދިރާސީ އަހަރާއި، ކުރިއަށް އޮތް އަހަރުތަކުގަިއވެސް ގްރޭޑް 1 ގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް…
ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިދުމަތް ކުރައްވަނީ އެހެން ތަނަކަށް ކަމަށް ކުޜިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުަމދު ވިދާޅުވެއްޖެއެވެ. އާންމު މަޖިލީހުގެ ރިޔާސަތާއި ހަވަލުވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބްދުﷲ ޝާހިދު ޒިންމާ އަދާ ކުރައްވަނީ ކޮންގޮތަކަށް ކަމާމެދު ސުވާލު އުފައްދަވާފައެވެ. އަދި މިހާރު ޝާހިދު ހުންނެވީ…
އޯޑިއޯގެ ސައްހަކަމާއި އެއީ ކޮންބައެއްގެ އަޑުތޯ ކަށަވަރުކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ސަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ލީކުކޮށްލައިގެން އުޅޭ އޯޑިއޯތައް ސައްހަ ނޫން ކަމަށް ފަނޑިޔާރުން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖެއިން ބޭރުން ފޮރެންސިކް ތަޙުލީލުކޮށްގެން ނަމަވެސް، އޯޑިއޯގެ ޞައްޙަކަމާއި އެމީހުންގެ އަޑުތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ. މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށާއި މިއުޅެނީ ބަޔަކު ރަހީނުކޮށްގެން އިންސާނެއްގެ މައްޗަށް ޙަރާމް ޙުކުމެއްކުރުވިކަމުގެ ތުހުމަތެއް ކަމަށް ޝަހީމް…