ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ތުރުކީއާއެކު މަޝްވަރާކޮށްފި
ރާއްޖެއާއި ތުރުކީއާ ދެމެދު ކާރިސާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ މުހިންމު މަޝްވަރާތަކެއް ފިލިޕީންސްގެ މެނިލާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ތެރޭގައި ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ދިވެހިރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނާއި ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިޔާ އޮކާއީ މެމިސްއާ ދެމެދުގައެވެ. ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޑިޒާސްޓާ މެނޭޖްމަންޓް ދާއިރާއިން އެއްބާރުލުން…