ގޯތި ދިން ގޮތުގެ ތަހުގީގެއް ވެސް އޭސީސީން ކުރަނީ
"ބިންވެރިޔާ" ސްކީމުން ގޯތި ދިނުމުގައި ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ. 4،000 ފުލެޓު ދޫކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެގެން އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގާ ގުޅޭ ސުވާލުތައް ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ…