ކަރަންޓުބިލާއި ގުޅިގެން ޝަކުވާއެއް އޮތްނަމަ ހުށަހަޅަން އެދިއްޖެ
ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހަޅަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އެދިއްޖެއެވެ. ސްޓެލްކޯއިން ބުނީ، ކަރަންޓު ބިލްތަކާއި ގުޅިގެން ކަސްޓަމަރުންގެ ޝަކުވާއެއް އޮތްނަމަ އެ ކުންފުނީގެ ކަސްޓަމާ ސާވިސް އެންޑް ބިލިންގެ ނަންބަރަށް ޓެލެގްރާމް ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި އެ ކޮމްޕެނީގެ އީމެއިލްއަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ. ސްޓެލްކޯއިން ބުނީ، ބިލްތަކާއި ގުޅިގެން އެ ކުންފުންޏަށް ޝަކުވާ…









